ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ހުޅުމާލެއަށް ވަޑައިގެން 4000 ފްލެޓްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވަފައެވެ.
މި ޒިޔާރަތަށްފަހު ފަހު ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މުއްތަލިބް ވިދާޅުވީ، އެ ފްލެޓުތަކުގެ މަސައްކަތް ނިންމެމުން ދާ ވަރަކަށް އެ ތަންތަން ދޫކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ.
އަދި ފްލެޓްތަކުގެ މަސައްކަތް ނިމެމުން އަންނަ ވަރަކުން، ފްލެޓްތައް ލިބުނު މީހުންނާ އެކު އެއްބަސްވުން ހަދަން ފަށާނެ ކަމަށްވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.
ކުރީގެ ސްކީމުން ފްލެޓް ލިބުނު މީހަކު ހުރި ނަމަ 4000 ފްލެޓް ސްކީމުން އެމީހަކަށް ފްލެޓް ނުލިބޭނެކަން އަންގަމުންދާކަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.