ads
އޮޕަރޭޝަން ތިއޭޓަރު
ކިޑްނީ ޓްރާންސްޕްލާންޓް ފަދަ އޮޕަރޭޝަންތަކަށް މަގުފަހިވާ ގޮތަށް ގާނޫނެއް އެކުލަވާލަނީ
ރާއްޖޭގައި ކިޑްނީ ޓްރާންސްޕްލާންޓް ފަދަ ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަންތައް ކުރެވޭނެ ގޮތަށް މަގުފަހިކުރުމަށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ގާނޫނުގެ ފުރަތަމަ ޑްރާފްޓް މިހާރު ވަނީ ނިމި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރެވެމުންނެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ތަރައްގީކޮށް، ދެވަނަ މަރުހަލާއަކަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ ކިޑްނީ ޓްރާންސްޕްލާންޓް ފަދަ އޮޕަރޭޝަންތައް ކުރެވޭނެ ފެންވަރަށް އޮޕަރޭޝަން ތިއޭޓަރުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށެވެ. މިކަމަށް ބޭނުންވާ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި ގާނޫނެއް އެކުލަވާލުމަށް މަސައްކަތްކުރަމުންދަނީ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ގާނޫނާ ގުޅޭ މަޝްވަރާތައް ނިމުމުން، އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ. އެ ގާނޫނު ފާސްވުމާއެކު ރާއްޖޭގައި ކިޑްނީ ބަދަލުކުރުން ފަދަ އޮޕަރޭޝަންތައް ކުރުމުގެ ގާނޫނީ އިޖުރާއާތުތައް ތަރުތީބުކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިފަދަ އޮޕަރޭޝަންތައް ރާއްޖޭގައި ކުރެވުމުން، ރައްޔިތުންނަށް ބޭރަށް ދަތުރުކުރުމުގެ ބުރަ ލުއިވެގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް