މިކަން އެ އިދާރާއިން ހާމަކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. މި ކޮންގްރެސްގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި އެފްއޭއެމްގެ 2023 އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ކުރެވިފައިވާ މާލީ ބަޔާންތައް ހުށަހެޅުން ހިމެނެ އެވެ.
މީގެ އިތުރުން އެފްއޭއެމްގެ އިސްލާހުކުރެވިފައިވާ ހިންގާ ގަވާއިދާއި އިލެކްޓޯރަލް ކޯޑު ފާސްކުރުމަށް ހުށަހެޅުމަށް ނިންމާފައިވެ އެވެ. މި ހިންގާ ގަވާއިދަކީ ކުލަބުތަކާ އޭއެފްސީ އަދި ފީފާގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ގަވާއިދެކެވެ.
ކޮންގްރެސްގައި އެޖެންޑާ ކުރެވިފައިވާ ކަންކަން:
އެފްއޭއެމްގެ މާލީ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާއިން ވަނީ އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ މިދިޔަ އޮގަސްޓް މަހު ހަވާލުކޮށްފަ އެވެ.
ފީފާއިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީ އަށް އެ އިދާރާއިން ދިން އެއް އަހަރުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ.