ads
ދަތުރުފުޅު ނިންމަވާލައްވައި، ފަސްޓް ލޭޑީ ރާއްޖެއަށް ވަޑައިގަތުން - ފޮޓޯ: ރައީސް އޮފީސް
ދުބާއީ ދަތުރަށް ފަހު މެޑަމް ސާޖިދާ ރާއްޖެ ވަޑައިގެންފި
މެކް ފައުންޑޭޝަންގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.
Advertisement

އެ ދަތުރުފުޅުގެ ތެރެއިން އެކަމަނާ ވަނީ، އިނީޝިއޭޓިވް ސަމިޓުގެ އިފުތިތާޙީ ސެޝަނާއި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ވާހަަކަފުޅު ދައްކަވާފައެވެ.

އެ ދަތުފުޅުގައި އިނީޝިއޭޓިވް ސަމިޓް އިފުތިތާހު ކުރުމުގެ ސެޝަނާއި ކޮމިޓީ ބައްދަލުވުމުގައި މެޑަމް ސާޖިދާ ތަގުރީރު ކުރެއްވި އެވެ.

މިދިޔަ އަހަރު ޓެންޒޭނިޔާގައި ބޭއްވި މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ 2024 ގެ 11 ވަނަ އަހަރީ ކޮންފަރެންސަށް ފަހު ލިބިފައިވާ ކުރިއެރުންތަކާއި ކުރެވުނު މަސައްކަތްތައް ވެސް، ސަމިޓުގެ ބައިވެރިން ވަނީ މުރާޖައާކުރައްވާފަ އެވެ.

މިދިޔަ އަހަރުގެ ލުމިނަރީގެ ކާމިޔާބު މަޝްވަރާތަކަށްފަހު މެޑަމް ސާޖިދާއަށް ވަނީ، މެކް ފައުންޑޭޝަންގެ "މޯ ދެން އަ މަދާ" ޕްރޮގްރާމުގެ އެންބެސެޑަރުކަން ދެއްވާފަ އެވެ.

އެކަމަނާ ވަނީ އެ ދަތުރުފުޅުގައި މެކް ފައުންޑޭޝަނާއިއެކު ދަރިމައިވުމުގެ ސިއްހަތާއި އެމްބްރިއޮލޮޖީގެ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމަށް މަޝްވަރާކުރައްވާފަ އެވެ. އޭގެ އިތުރުން، ހަކުރު ބައްޔާއި ލޭމައްޗައް ދިއުމުން ރައްކާތެރިވުމާއި، ދަރިމައިވުމުގެ ސިއްހަތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މަޝްވަރާތައް ކުރައްވާފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް