މި މަހުގެ 25 އިން 28 އަށް ކުރިއަށްދާ މި ކާނިވަލްގައި ލިވަޕޫލް އެފްސީގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ރާއްޖެއިން ވެފައިވާ އެއްބަސްވުމުގެ ދަށުން މި ހަރަކާތްތައް ކުރިއަށްގެންދާނެއެވެ.
ލިވަޕޫލް ފޭން ޒޯނުގައި ތްރީ އޮން ތްރީ ފުޓްބޯޅަ މެޗުތަކާއި، ފޫސްބޯލް މުބާރާތްތަކާއި، ޕެނަލްޓީ ކިކް ޗެލެންޖުތަކުގެ އިތުރުން އެލްއެފްސީ ކުޅުންތެރިންނާ މުޢާމަލާތްކުރެވޭނެ ވީޑިއޯ ބޫތްތައް ބެހެއްޓުމަށް ވަނީ ރާވާފައެވެ. އަދި ފޭން ޒޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 25 ވަނަ ދުވަހު ލިވަޕޫލްގެ ލެޖެންޑް ކުޅުންތެރިއެއް ކަމަށްވާ ޑާކް ކުއިޓް އާ ބައްދަލުކުރުމުގެ ފުރުސަތު ކާނިވަލްގެ ބައިވެރިންނަށް ލިބިގެންދިއުމެވެ. މީގެ އިތުރުން، ލިވަޕޫލް އެފްސީގެ ރަސްމީ ދެ ޖާޒީ ކާމިޔާބުކުރުމުގެ ފުރުސަތުވެސް ބައިވެރިވެރިންނަށް ލިބިގެންދާނެއެވެ.