ads
މާލޭ ޖަލު
ޖަލު އޮފިސަރުން މާލީ މަންފާ ހޯދުން: ގާޒީ ނިންމީ ސިއްރުކުރަންޖެހޭ ސަބަބެއް ނެތްކަމަށް
ޖަލު އޮފިސަރުން ވަޒީފާގައި ހިންގި ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދުމާ ގުޅޭ މައްސަލަ ސިއްރުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ނިންމަވައިފިއެވެ.
Advertisement

މި މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ދިއުމާމެދު ދައުލަތުންވެސް ކޯޓުގައި އިއުތިރާޒު ކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. 

މި ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު 22 ވަނަ ދުވަހުއެވެ. މި ފަސް މުވައްޒަފުންނަކީ ޖިނާހް އަބްދުއްރަހީމް، އަލީ ހިޝާމް، އަލީ ނާޒިމް، މުހައްމަދު ފަތޫހު ފަތުހުﷲ އަދި އަލީ އަސްފާގެވެ. ކޮންމެ މުވައްޒަފެއްގެ މައްޗަށްވެސް ދެ ނުވަތަ ތިން ދައުވާ އުފުލާފައިވެއެވެ.

މައްސަލަ ސިއްރުކޮށްދިނުމަށް ދިފާއީ ފަރާތުން އެދިފައިވަނީ މައްސަލައިގެ ބާވަތުން މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމަށާއި އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފިނަމަ އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިދާނެ ކަމަށް ބުނެއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ގާރީނާ ލިބިފައިނުވާތީ، އިތުރު މީހުންގެ މައްޗަށް މިވަގުތަށް ދައުވާ ނުކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް