ads
ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް މި ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދޭ؛ އެގޮތުން އަންނަ އަހަރު 1000 ރުފިޔާގެ އެލަވަންސެއް ތެލެސީމިއާ ކުދިންނަށް ދޭނެ
ތެލަސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން، އަންނަ އަހަރު 1000 ރުފިޔާގެ އެލަވަންސެއް!
ތެލަސީމިއާ އެލަވަންސްގެ ގޮތުގައި އަންނަ އަހަރު 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އެފަދައިން ވިދާޅުވީ، ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގަމަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ތެލަސީމިއާ އެލަވަންސްގެ ގޮތުގައި އަންނަ އަހަރު ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ ރޭޓުން އެލަވަންސެއް ދިނުމަށް ނިންމަވާފައިވާކަމަށެވެ. އަދި މި އެލަވަންސް ދިނުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 11.7 މިލިޔަން ރުފިޔާ ހިމެނުމަށް ނިންމާފައިވާކަމަށެވެ.

"އެކުދިންނަށް މި ފައިސާ ލިބޭނެ. އިމާރާތްތަކާއި މިފަދަ މަޝްރޫއޫތަކުގެ އިތުރަށް މިގޮތަށް ހުރި ވައުދުތައްވެސް ފުއްދަމުން މިދަނީ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތެލަސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓްރީވެފައިވާކަމަށެވެ.

ރައީސް މިރޭ ވަނީ އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަން ވެސް އިއުލާން ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް