ads
ޖެމްކިއު އެޕްގެ ސްކީރީން ޝޮޓެއް
ޖެމްކިޔުގެ ލީޑަރާ ގުޅުން ހުރި މީހަކު 100 ފަހަރު ބަންދު ކުރި!
ދިވެހިން އެތައް މިލިއަނަކުން އިންވެސްޓް ކުރި ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ) ގެ އިސް މީހަކާ ގުޅުން ހުރި އެހެން މީހަކު، އެކި އެކި ކުށްތަކުގައި 100 އަށްވުރެ ގިނަ ފަހަރު ބަންދުކޮށްފައިވާކަން އެނގިއްޖެއެވެ.
Advertisement

ޖެމްކިއުގައި އިސްކޮށް ހަރަކާތްތެރިވާ ހަތް ދިވެހިން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށާއި އެ ހަތް މީހުންނަކީ އެ ސްކީމް ފެށުނުއިރު ވަދެ ފަހުން ސީނިއާވި މީހުން ކަމަށް ފުލުހުންނާ ހަވާލާދީ ބައެއް ރިޕޯޓްތައްވަނީ ބުނެފައެވެ. އެހެންނަމަވެސް އެއިން އެއްވެސް މީހެއްގެ ނަމެއް ފުލުހުން އަދި މިހާތަނަށް އާއްމުކޮށްފައެއް ނުވެއެވެ. 

އެ މީސް މީހުންގެ ނަންތައް ފުލުހުން އާއްމު ނުކުރިނަމަވެސް، އޭގެ ތެރެއިން ބައެއް މީހުންގެ ވަނަވަރު ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުންވަނީ އާއްމުކޮށްފައެވެ. މި ސްކީމްގައި އިސްކޮށް ހަރަކާތްތެރިވާ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސީއެންއެމްއިން ހޯދި މައުލޫމާތުތަކުން އެނގުނު ގޮތުގައި މި ސްކީމްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކާ ގުޅުން އޮންނަ މީހަކު، އެކިއެކި ކުށްތަކުގައި 100 އަށްވުރެ ގިނަ ފަހަރުވަނީ ހައްޔަރުކޮށްފައެވެ. އެ މައުލޫމާތު ފުލުހުންގެ އަތުގައި ހުންނާނެ ކަމަށްވަނީ މިހާތަނަށް ލިބުނު މައުލޫމާތުން ކަށަވަރު ކުރެވިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހާގެ ވައްކަމުގެ ގިނަ މައްސަލަތަކެއް ހިމެނެއެވެ.

ދިވެހިން އެތައް މިލިއަނަކުން އިންވެސްޓް ކުރި ޖެމްކިޔުއިންން ފައިސާ ނެގޭނެ ގޮތެއް ނެތިފައި ވަނިކޮށް އެ ސްކީމް ހުއްޓައިލައިފި ކަމަށް ރޭވަނީ ރިޕޯޓްތައް ލިބިފައެވެ. މި ކަން ހާމަ ކުރީ މި ސްކީމް ހިންގުމަށް ބޭނުންކުރާ ރަސްމީ ޓެލެގްރާމް އެކައުންޓުގައި އެވެ. މި އެކައުންޓުގައި އެޑްމިން އެއް ކޮށްފައިވާ މެސެޖެއްގައި ވަނީ، ޖީއެމްސީއީގެ މާކެޓިން ޑިޕާޓްމަންޓުގެ ފަރާތުން ޖަވާބެއް ނުލިބޭތީ މި ސްކީމާ މެދު އުންމީދު ގެއްލިފައި ވާކަމަށެވެ.

އެހެންވެ "ކުއަންޓްޕޭން" ގެ ނަމުގައި އާ ސްކީމެއް ފަށައި އެ އަށް އިންވެސްޓް ކުރުމަށް ލިންކެއް ވެސް ވަނީ ޓެލެގްރާމް ގުރޫޕަށް ދޫކޮށްލައިފަ އެވެ އެވެ. އެކަމަކު އެ ސްކީމު ފަށާފައި ވަނީ ޖެމްކިޔު ހިންގުމުގައި އުޅުނު މީހުން ކަމެއް އަދި ސާފެއް ނޫނެވެ.

ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ބުނެފައިވާ ޖެމްކިއުއަށް ފައިސާ އަޅައިގެން ތިބި ގިނަ އަދަދެއްގެ މީހުން ވަނީ އެ ސްކީމުން ފައިސާ ނުނެގޭ މައްސަލައިގައި ވޭތުވެ ދިޔަ ދެތިން ދުވަހު ކަންބޮޑުވުން ފާޅުކޮށްފައެވެ. މިދިޔަ އަންގާރަ ދުވަހުގެ ރެއިން ފެށިގެން އެ ސްކީމުން ފައިސާ ނުނެގޭ ގޮތް ވަނީ ހަދައިފައެވެ.

ޖެމްކިޔު ސްކީމަކީ ޕިރަމިޑް ސްކީމެއް ކަމަށާއި އެ ސްކީމުގައި ބައިވެރިނުވާ ފުލުހުން ވަނީ އަންގާފައެވެ. އަދި އެ ސްކީމަށް ވަނުމަށް ހިތްވަރުދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް