
އުމުރުން 86 އަހަރުގެ ހާމަނާއީ، އިޒްރޭލާ ދެމެދު އޮތް ހަނގުރާމަ ހޫނުވަމުން ދާ ދަނޑިވަޅެއްގައި ވެރިކަން ބަދަލުވުން އޮމާންކޮށް ކުރިއަށް ގެންދިއުމަށް މި ނިންމުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލީޑަރުކަމަށް ހަވާފައިވާ ތިން ކްލެރިކުންގެ ނަންތައް ހާމަކޮށްފައި ނުވިޔަސް، ހާމަނާއީގެ ދަރިކަލުން މުޖުތަބާ ހާމަނާއީ މި ލިސްޓުގައި ނުހިމެނޭކަން ވަނީ ހާމަވެފައެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސްއާއި ގާތް ގުޅުމެއް އޮތް މުޖުތަބާއަކީ މީގެ ކުރިން ގިނަ ބަޔަކު ހަމަނާއީގެ ޖާގައަށް އަންނާނެ ކަމަށް ލަފާކުރި ބޭފުޅެކެވެ. މި ނިންމުމުން ދައްކާ ގޮތުގައި ހާމަނާއީ ވެރިކަން އާއިލާގެ ތެރެއިން ބާއްވަން ބޭނުމެއް ނޫނެވެ.
އިޒްރޭލު ނުވަތަ އެމެރިކާއިން އަމާޒުކޮށްފާނެ ހަމަލާއަކުން ސަލާމަތްވުމަށް ހާމަނާއީ މިވަގުތު ފިލާހުންނެވީ ބިންގަރާހެއްގައެވެ. މީގެ އިތުރުން ފޯނު ފަދަ ވަސީލަތްތައް ބޭނުން ކުރުން ހުއްޓާލާފައިވެއެވެ.
އީރާންގެ ގާނޫނު އަސާސީގެ ދަށުން، ސުޕްރީމް ލީޑަރުގެ ޖާގައަށް މީހަކު ހޮވާނީ އެސެމްބްލީ އޮފް އެކްސްޕާޓްސްއިންނެވެ.