
ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމުގެ މަސައްކަތް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިންވެސް އަންނަނީ ކުރަމުންމެވެ. އަދި ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް ގެންނަން ދާދި ފަހުން ސަރުކާރުންވަނީ އެސްޓީއޯއާ ހަވާލުވެސް ކޮށްފައެވެ.
މީޑިއަ ވާހަކަ ދައްކަވަމުމް ހެލްތު މިނިސްޓަރު އަބްދު ﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރާއްޖެއަށް ބޭސް އެތެރެކުރަން ވަކި ސަރުކާރު ކުންފުންޏެއް ހަދަން ނިންމާފައިވާކަމަށެވެ.
އެގޮތުން ކެބިނެޓުން އެކަން ނިންމާފައިވާކަން ހާމަކުރައްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ މި ނިންމުން ނިންމީ ބޭހާ ގުޅުން ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށްކަމަށެވެ. އަދި މަ ލަސްތަކެއް ނުވެ އެ ކުންފުނި އުފައްދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ބޭސް އެތެރެކުރުމާއި ތަންތަނަށް އެ ފޮނުވުމަށް ވަކި ކުންފުންޏެއް އުފެއްދުމުން، ބޭހާ ގުޅޭގޮތުން އެސްޓީއޯ އިން ކުރާ ހުރިހާ މަސައްކަތެއް ދެން ބަދަލުވާނީ އާ ކުންފުންޏަށް ކަމަށް ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.