ads
ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީން
ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ މައްސަލަތައް މަޖިލީހުން ބަލަނީ
ސޯޝަލް މީޑިއާގައި ހިންގާ ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އޮންލައިން ޕްލެޓްފޯމުތަކާއި ސްކޭމްގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީން ބަލަން ނިންމައިފިއެވެ.
Advertisement

މަޖިލީހުން މި މައްސަލަތައް ބަލަން ނިންމާފައި މިވަނީ ޖީއެމްސީއީ (ޖެމްކިއު) ކިޔާ ޕްރެމިޑް ސްކީމެއްގައި އެތައް ހާސް ދިވެހިން ބައިވެރިވެ ލަނޑު ލިބިފައި ދަނޑިވަޅެއްގައެވެ. 

ރާއްޖޭގައި ބޮޑެތި ޕިރަމިޑް ސްކީމްތައް ހިންގާ އެތައް ބަޔަކަށް ލަނޑު ލިބުމުން އެ މައްސަލަ ކޮމިޓީން ބަލަން ހުށަހެޅުއްވީ ހިތާދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިރުހާނެވެ. 

އޭނާ ހުށަހެޅުއްވީ ކަމާބެހޭ އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށް، އެ މައްސަލަތައް ހިނގާފައިވާ ގޮތް ބެލުމަށެވެ.

"ޕިރަމިޑް ސްކީމޭ މި ވިދާޅުވަނީ ފާޑުފާޑުގެ އެޕްތައް ހަދައިގެން މީހުން އޭގެ ޖާދުލުގައި ޖައްސައިގެން ހިންގާ ސްކޭމްތައް. މި މައްސަލަތައް ބަލައިދިނުމަށް އަޅުގަނޑު މި ދަންނަވަނީ،" މައްސަލަ ހުށައަޅުއްވަމުން ޝިރުހާން ވިދާޅުވިއެވެ.

ޝިރުހާން ހުށައެޅުއްވި މައްސަލައަށް ތާއީދުކުރައްވަމުމް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފު ވިދާޅުވީ ހަމައެކަނި ޕިރަމިޑް ސްކީމްތަކުގެ މައްސަލަ އެކަނި ނުބަލައި، ސޯޝަލް މީޑިއާގައި އެކި ޕްލެޓްފޯމުތަކުގައި ހިންގާ ސްކޭމްގެ ހުރިހާ މައްސަލަތަކެއް ވެސް ބަލަން ޖެހޭ ކަމަށެވެ.

"ހަމައެކަނި ސްޕެސިފިކް މިކަމެއް ނޫން. އޭގެ ތެރެއިން މިކަން ވެސް ގެންދެވިދާނެ. ޕިރަމިޑް ސްކީމްތައް އެކަންޏެއް ނޫން، މި ރާއްޖޭގައި ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ސްކޭމްތައް ހިންގަމުންދޭ. ޖުވާ ކުޅޭ ޕްލެޓްފޯމުތައް ވެސް އޯޕަންކޮށް ބޭނުންކުރޭ، އޭގެން ފައިސާގެ މުއާމަލާތްތައް ރާއްޖޭގެ ބޭންކް އެކައުންޓްތަކަށް ޖަމާކުރޭ،" އިމްރާން ވިދާޅުވިއެވެ.

ކޮމިޓީން ފާސްކުރީ އެ މައްސަލަތައް ބެލުމަށް ކަމާބެހޭ އިދާރާތަކާ ބައްދަލު ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް