ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން ކުޑަކުދިންގެ ހިޔާ އިމާރާތައް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން ކުޑަކުދިންގެ ހިޔާ އިމާރާތަށް
ވިލިމާލެގެ އާ ހޮސްޕިޓަލް އަޅަން ވަގުތީ ގޮތުން އެ ހޮސްޕިޓަލް ހިންގުން ވިލިގިނލީ ކުޑަކުދިންގެ ހިޔާ އިމާރާތަށް ބަދަލުކުރަން ނިންމައިފިއެވެ.
Advertisement

ވިލިމާލޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި 100 އެނދުގެ އާ ހޮސްޕިޓަލެއް އަޅަން ނިންމާ އެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. އެ ހޮސްޕިޓަލް އަޅަން ނިންމާފައިވަނީ މިހާރުވެސް އެ ހޮސްޕިޓަލް ހިންގަމުން އަންނަ ބިމުގައެވެ.

ވިލިމާލޭގައި އަޅާ އާ ހޮސްޕިޓަލް އަޅަން ދެން މިހާރު ހިގަމުން އަންނަ ހޮސްޕިޓަލްގެ ހުރިހާ މަސައްކަތެއް ވިލިމާލޭގައި ހުންނަ އަމާން ހިޔާގެ އިމާރާތަށްް ބަދަލުކުރަން ހެލްތު މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި މިކަމަށް އެ އިމާރާތް މާލެސިޓީ ގުރޫޕް އޮފް ހޮސްޕިޓަލް އާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. 

މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އާދަމްއެވެ. އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް ހަލީމްއެވެ. 

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އަޅަން ނިންމާފައިވާ "ވިލިމާލޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" އެޅުމުގެ ލެޓާ އޮފް އެކްސްޗޭންޖްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ އަބްދު ﷲ މުއްތަލިބް ވިދާޅުވީ ވިލިމާލޭ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް