ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ހަތަރު ދުވަހުގެ މި ކަލިނަރީ އިވެންޓުގައި ތަފާތު އެކި ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުން ބައިވެރިވާނެ އެވެ. އަދި ގޭގައި ކާބޯތަކެތި ތައްޔާރުކުރާ ކުދި ވިޔަފާރިތަކުން ފެށިގެން ނަން މަޝްހޫރު އެކި ފަންތީގެ ވިޔަފާރިތަކުން އެ ކާނިވަލްގައި ބައިވެރިވާނެ އެވެ.
މޯލްޑިވްސް ފުޑް ކާނިވަލް ކުރިއަށްދާނީ މިމަހުގެ 25 އިން 28 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވީރު 4:00 އިން ރޭގަނޑު 11:30 އަށެވެ. މި އަހަރު ފެނިގެންދާނީ މި އިވެންޓްގެ ތިން ވަނަ އެޑިޝަނެވެ.
ދިރާގުން އަންނަނީ މުޖުތަމައުގެ ތެރޭގައި ގުޅުން ވަރުގަދަކޮށް، ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ބާއްވާ އެކި ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.