
ރާއްޖެއަށް ވަގަށް ވަދެ އުޅުނިކޮށް އަތުލައިގެން ބޯޓްތައް
ރާއްޖެއަށް ވަގަށް ވަދެ އުޅުނު ބޯޓްތަކެއް އަތުލައިގެންފި
މުހައްމަދު އާދަމް އަހްމަދު
23 ޖޫން 2025 - 18:39:38
ރާއްޖޭގެ ހާއްސް އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ 2 މަސްބޯޓެއް ، އެމް.އެން.ޑީ.އެފް ކޯސްޓްގާޑުން އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ގާނޫނާއި ޚިލާފަށް ހަރަކާތްތެރިވި ކަމަށް ބެލެވިގެން އަތުލައިގަތީ ޝްރީލަންކާއަށް ނިސްބަތްވާ ދެ ބޯޓުކަމަށެވެ.
މި ދެބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 22 ވަނަދުވަހުގެ ރޭގެ ވަގުތެއްގައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި 2 މަސްބޯޓާމެދު ޤާނޫނުގައިވާގޮތުގެމަތިން ޢަމަލުކުރުމަށްޓަކާ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރުމަށް މިހާރުދަނީ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންކަމަަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް