ރައީސް މުއިއްޒު އެކްސްގައި ކުރެއްވީ ޕޯސްޓެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ މީހަކަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި އެކަމާއި ގުޅޭ މަސައްކަތް ކުރަން ކަމާއި ގުޅޭ ކަރުދާހެއް ތައްޔާރުކުރަން ވަޒީރުންނަށް އަންގާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަަކަށް ހެދުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރަން ނުކުންނަ ދޮރުތައް ބަންދުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތައް
ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރު ޖެނެރަލް ދެއްވާ ހާއްސަ އެވޯޑު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ އަރުވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;