ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު
އީރާނާއި އިޒްރޭލު ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕު ކުރި މަސައްކަތް ފެއިލްވެއްޖެ
އިރާނާއި އިޒްރޭލު ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރި މަސައްކަތް ކާމިޔާބު ނުވެ އަލުން ހަނގުރާމަ ފަށައިފިއެވެ.
Advertisement

އިރާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނުހިފެހެއްޓާކަމަށް ބުނެ އިޒްރޭލުން "ހަރުކަށި ފިޔަވަޅު" އަޅަން ނިންމައިފައިވާކަމަށް މިއަދު ވަނީ އިއުލާނުކޮށްފައެވެ. 

ރޭގެ ވަގުތެއްގައި، ޓްރަމްޕް ވަނީ އިރާނާއި އިޒްރޭލު ދެމެދު "މުޅިން ފުރިހަމަ" ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވެވުނުކަމަށް ސޯޝަލް މީޑިއާގައި ހާމަކުރައްވާފައެވެ.

ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުވުމަށް ކަނޑައެޅުނު ވަގުތުގެ ކުޑައިރުކޮޅެއް ކުރިން އިރާނުން އިޒްރޭލަށް މިސައިލްތަކެއް ފޮނުވާފައިވާކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކަޓްޒް ބުނެފައިވެއެވެ. މިކަމާ ގުޅިގެން އިޒްރޭލްގެ ޑިފެންސް މިނިސްޓަރު ވަނީ ޓެހެރާނުގެ ސަރުކާރުގެ ތަންތަނަށް "ވަރުގަދަ ހަމަލާތަކެއް" ދިނުމަށް ސިފައިންނަށް އަމަރުކޮށްފައެވެ. 

އިރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާގައި ބިއާޝިބަގައި ރިހާއިޝީ އިމާރާތަކަށް ހަމަލާއެއް ދިނުމުން މަދުވެގެން 4 މީހުން މަރުވެ، 12 މީހަކަށް އަނިޔާވެފައިވެއެވެ. އިރާނުން މިކަން ދޮގުކޮށް އިތުރު މިސައިލެއް ފަހުގެ ވަގުތެއްގައި ނުފޮނުވާކަމަށް ބުންޏެވެ. ނަމަވެސް، އިޒްރޭލުން ބުނެފައިވަނީ ހުއްޓާލުމުގެ އެއްބަސްވުން ރަސްމީކޮށް ފެށުނު ފަހުން ވެސް އިރާނުން ދެ ބެލިސްޓިކް މިސައިލް ދޫކޮށްލާފައިވާކަމަށެވެ. މިއާއެކު ދެފަރާތުގެ ދެމެދުގައި ހިނގަމުންދިޔަ "12 ދުވަހުގެ ހަނގުރާމަ" އަލުން މިވަނީ ކުޑަ ވަގުތުކޮޅަކަށް މެދުކެނޑުމަށްފަހު ފެށިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް