ads
ފޮޓޯ
މިދުވަސްވަރު އަންހެނުން ފިހާރައަށް ފޮނުވާނެ ކަމެއް ނެތް، މާ ގިނައިރު ނަގާނެ
ޒަރޫރީ ބޭނުންތަކަށް ކާނާ އާއި އެހެނިހެން ތަކެތި ގަންނަން އަންހެނުން ފިހާރައަށް ފޮނުވާނެ ކަމެއް ނެތް ކަމަށާއި އެމީހުން ފިހާރަކުރަން މާގިނަ އިރު ނަގާނެކަމަށް، ޖަޕާނުގެ އޯސަކަ ސިޓީގެ މޭޔަރު، އިޗިރޯ މަޓްސުއި ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުުގެ ގޮތުން ޖަޕާނު ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން ދަނިކޮށް މޭޔަރު މަޓްސުއި ވިދާޅުވީ ފިހާރަކުރަންދާ މީހުންގެ އަދަދު މަދުކޮށް ކޮންޓްރޯލްކޮށްގެން ފިހާރަތަކަށް މީހުން ވެއްދުމަށް ނިންމާފައި މިދަނޑިވަޅުގައި ފިރިހެނުން ފިހާރައަށް ފޮނުވުން މާ ބުއްދިވެރި ކަމަށެވެ. 

އޭނާ ވިދާޅުވީ، އަންހެނުން ފިހާރައަށް ގޮސް އެއްޗެއް ގަނެވޭނީ އެހާ އިރުން ކަމަށާއި އެހެންނަމަވެސް ފިރިހެނުން އެ ގަންނަން ބުނާ އެއްޗެއް ގަނެގެން ވަގުތުން ފިހާރައިން ނިކުންނާނެ ކަމަށެވެ. 

މިކަމުގެ ސަބަބުްނ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މަޓްސުއި އަށް އަމާޒުވެފަ އެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ދުވަހަކު ވެސް އެގޮތަށް ފިހާރަނުކުރާ މީހަކަށް އެއްވެސް އެއްޗެއް ނޭނގޭނެ ކަމަށް ބުނެ މަޓްސުއި އަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފަ އެވެ.

ޖަޕާނުގައި މިހާތަނަށް 12,829 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، އެބަލީގައި 345 މީހުން ވަނީ މަރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް