
މިދިޔަ ހޮނޮހިރު ދުވަހު ބޭއްވި އެމްއެމްސީގެ ބައި އިލެކްޝަން އިންތިހާބުކޮށްފައިވަނީ މީޑިއާތައް ތަމްސީލު ކުރާ ދެ މެންބަރުންނާއި އާންމުން ތަމްސީލު ކުރާ މެންބަރެކެވެ.
މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮނޑިއަށް ހޮވުނީ ދައުރު ނޫހުގެ މުހައްމަދު މުޒައްޔިން ނާޒިމް، އަދި އަދަދު ނޫހުގެ ލީވާން އަލީ ނާސިރު އެވެ. އާންމުން ތަމްސީލުކުރާ ގޮނޑިއަށް ހޮވުނީ ލ. ގަން، ތުނޑި ލިންކް، ހައްވާ ވަޖުދާ އެވެ.
އިންތިހާބު ނިމި ނަތީޖާ އިއުލާންކުރުމުން ޖެހިގެން އަންނަ ދުވަހު އިންތިހާބުވި މެންބަރުން މަގާމާ މީގެ ކުރިން ހަވާލުވެ މަސައްކަތް ފަށައެވެ. އެހެންނަމަވެސް އަލަށް ހޮވުނު ތިން މެމްބަރުންނާއި އަދިވެސް މަގާމު ހަވާލުކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި، އެ ތިން މެމްބަރުންނާއި މަގާމު ހަވާލުނުކޮށް ޔޫތު މިނިސްޓްރީން ލަސްކުރަމުންދަނީ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ. އެ ޝަކުވާ ހުށައެޅީ އާންމުން ތަމްސީލްކުރާ ގޮނޑިއަށް ވާދަކުރި މުހައްމަދު އަމީން އަލީއެވެ. އޭނާއަށް އިންތިހާބުގައި އެންމެ ވޯޓެއްވެސް ލިބިފައެއް ނުވެއެވެ.
އޭނާ ހުށައެޅި ޝަކުވާގައި ބުނެފައިވަނީ ރީރަޖިސްޓްރޭޝަނަށް ފަހުން ފުރުސަތު ހުޅުވައިނުލާ ވާކަމަށެވެ. އަދި އޭނާ އެ ޝަކުވާ ހުށައަޅާފައިވަނީ އިންތިހާބު ވޯޓުލުން ފެށުމުގެ 12 ގަޑިއިރެއްވަރު ކުރިން ދަންވަރު ވަގުތެއްގައިއެވެ.