
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ، ރަށެއްގެ ސްކޫލެއްގެ ފިރިހެން ދަރިވަރުންތަކެއްގެ މެދުގައި ހިނގި ހާދިސާއެކެވެ. މި ހާދިސާގައި އަނިޔާވި ދަރިވަރުގެ ބައެއް ފޮޓޯޓައް ސޯޝަލް މީޑިއާގައިވަނީ އާއްމުވެފައެވެ.
މި މައްސަލަ ބަލަމުން އަންނަކަން ބައެއް މީޑިއާތަކަށް އެޑިއުކޭޝަން މިނިސްޓަރުވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް އެޑިއުކޭޝަނުން ރަސްމީކޮށް މި މައްސަލައިގައި އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
މި މައްސަލައިގައި އަނިޔާވި ދަރިވަރުގެ ބެލެނިވެރިއަކުވަނީ ސްކޫލުގައި ހިނގި ހާދިސާގެ ތަފްސީލް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ސޯޝަލް މީޑިއާގައި ބެލެނިވެރިޔާ ބުނީ ދަރިފުޅަށް ސްކޫލުގައި އަނިޔާކޮށް ބުލީކޮށްފައިވާ ކަމަށް ބުނެ ފޯނު ކޯލެއް ލިބުމުން ސްކޫލަށް ދިޔައިރު، ދަރިފުޅުގެ ގައިގެ އެކި ތަންތަނުގައި ވަކި އަޅައި، ލޭ އައިސްފައި ހުރި ކަމަށެވެ.
އެ ދަރިވަރަށް އިންސާފު ލިބެންދެން މަސައްކަތްކުރާނެ ކަމަށާއި އެއްވެސް އިދާރާއަކުން އިންސާފު ނުލިބިއްޖެ ނަމަ "އަމިއްލައަށް ވެސް އިންސާފު ހޯދާނެ" ކަމަށް އެ ބެލެނިވެރިޔާ ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.