ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހުކުރުދުވަހު މާލޭގެ ބައެއް މަގުތަކުގައި ދުއްވުން މަނާކުރަނީ
ހުކުރު ދުވަސްތަކުގެ ހެނދުނުގެ ވަކި ވަގުތެއްގައި މާލެ އާއި ވިލިމާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
Advertisement

މާލޭގެ ބައެއް މަގުތައް ހުކުރު ދުވަހު ބަންދުކުރަން ހުށައެޅުއްވީ މިއަދު އޮތް މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމްއެވެ. 

މޭޔަރު ހުށައެޅުމުގައި އޮތީ  މާލޭގެ ބޮޑެތި މަގުތައް ފިޔަވައި، އެހެން ހުރިހާ މަގުތަކެއްގައި ހުކުރު ދުވަސްތަކުގެ ފަތިހު 5:30 އިން ހެނދުނު 9:00 އަށް ވެހިކަލް ނުދުއްވޭ ގޮތަށް ހަމަޖެއްސުމަށެވެ.

މިކަމާއި ކައުންސިލްގައި ބަހުސްކުރުމަށް ފަހު ނިންމީ ހުކުރު ދުވަހު ހެނދުނު ބަންދުކުރަން އެދޭ މަގުތައް ބަންދުކުރުމަށެވެ. އެ ގޮތުން ކައުންސިލުން ފާސްކުރީ ހުރިހާ ކައުންސިލަރުންގެ މަޝްވަރާއާއެކު ކައުންސިލުން ނިންމީ ހުކުރު ދުވަސްތަކުގެ ހެނދުނުގެ އެ ވަގުތުތަކުގައި ބަންދުކުރަން އެދޭ މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް ބަންދު ކުރުމަށެވެ. އެގޮތުން އެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނީ ހެނދުނު 06:00 އިން 09:00 ޖަހަންދެނެވެ. 

މާލޭގެ ބައެއް މަގުތައް ހުކުރު ދުވަހުގެ ތިން ގަޑިއިރަށް ބަންދު ކުރަން ނިންމިއިރު، މޭޔަރު ކަމުގައި ޝިފާ މުހައްމަދު ހުންނެވިއިރު ވެސް ހަމަ އެގޮތަށް ބައެއް މަގުތައް ބަންދު ކުރި އެވެ. އޭރު ވެސް މަގުތައް ބަންދު ކުރީ ފުލުހުންގެ އެހީތެރިކަމާއެކުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް