މި ސަރުކާރުގެ ބީހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް އަނބިމީހާ ނުވަތަ ފިރިމީހާގެ ތަނެއް އޮތުމުން ބިމާއި ފްލެޓަށް ކުރުމަތި ނުލެވޭގޮތަށް ޕޯޓަލް ހަދާފައިވުމުން ގިނަ ބައެއްގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
އެކަމާއި ގުޅޭގޮތުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގޯތި ގެދޮރު ހޯދުމުގެ ތަނަވަސްކަން ހުރިހާ އެންމެނަށް ހޯދާ ދިނުމުގެ ގޮތުން ވަކި ކެޓަގަރީއެއް ހަދަން ނިންމާފައިވާކަމަށެވެ. އެގޮތުން އަނބިމީހާގެ ނުވަތަ ފިރި މީހާގެ ބިމެއް އޮތްނަމަވެސް ގޯއްޗަށް ކުރިމަތިކެވޭނެ ގޮތަށް ވަރަށް އަވަހަސް ހުޅުވާލާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓާއި ބިމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.
ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށައެޅެނީ ހައުސިން މިނިސްޓްރީގެ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. އެ ޕޯޓަލަށް ވަދެވޭނީ އީފާސް ބޭނުން ކޮށްގެންކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
ފޯމް ހުށައަޅަން ޖެހޭ ސުންގަޑި
ސަރުކާރުން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށާއި މާލެ ސަރަހައްދުން 7،900 ފްލެޓް ދޫކުރުމަށެވެ.