ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރާއްޖޭގައި ބޭއްވި ޖެމްކިއު އިވެންޓެއްގެ ތެރެއިން
ޖެމްކިއުއާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރޭ
ސާޅިސް ހާހަށްވުރެ ގިނަ ދިވެހީން އެތައް މިލިއަނަކުން އިންވެސްޓްކުރި ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ) މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
Advertisement

ޖެމްކިޔު އިންވެސްޓްމެންޓް ސްކީމަކީ ޕިރަމިޑް ސްކީމެއްކަން ސާބިތުވެފައިވާއިރު، އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ހަތް ދިވެހީން ދެނެގަނެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ހާމަކޮށްފައިވެއެވެ.

މި މަހުގެ 19 ވަނަ ދުވަހު އެންމެ ފުރަތަމަ ޖީއެމްސީއީން ފައިސާ ނުނެގޭ ގޮތް ހެދުމާއެކު އިންވެސްޓަރުން ކަންބޮޑުވެފައިވާއިރު، ދެ ދުވަސް ފަހުން މި ސްކީމް ހިންގުމަށް ބޭނުންކުރާ ރަސްމީ ޓެލެގްރާމް އެކައުންޓުގައި ހާމަކުރީ އެ ސްކީމް ހުއްޓާލާފައިވާކަމެވެ. މި ސްކީމަށް އިންވެސްޓްކުރި އަދަދު މިލިއަން ޑޮލަރަށް އަރާކަމަށް ފުލުހުން ބުނެފައިވާއިރު، ފައިސާ އަނބުރާ ހޯދޭނެކަމުގެ އުންމީދު ކުޑަކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ރާއްޖޭގައި މިފަދަ ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާއިރު، ސްކޭމްގެ މައްސަލަތައް ބެލުމުގެ ގާނޫނީ ޒިންމާ އޮތް ކެޕިޓަލް މާކެޓް ޑިވަލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)އަށް ތަންފީޒުކުރުމުގެ ބާރު ކުޑަކަމަށް އެ އޮތޯރިޓީން މިފަހުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް