އެގޮތުން އެކަން ވީ ގޮތް ހިއްސާކުރައްވަމުން ޑޮކްޓަރު ފައިސަލް ވިދާޅުވީ ކަން ވީގޮތަކީ ސައިކަލް ޖައްސާފައި ހުއްޓާލިތަނުން ހުންގާނު އަތް ފޯރާ ފަށުގައި އިނުމުން އެ ކުއްޖާ މުއްގަޑު އަބުރާލީކަމަށެވެ. އަދި އެކަމުގެ ސަބަބުން ސައިކަލް ކުއްލިއަކަށް ދުއްވާލެވި ގަހެއްގައި ޖެހި ވެއްޓުނީ ކަމަށެވެ.
މި އެކްސިޑެންޓް ގައި ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ޑޮކްޓަރު ފައިސަލް ނުދެއްވައެވެ. އެހެންނަމެވެސް ހުރިހާ ބެލެނިވެރިންނަށް ފައިސަލް ވަނީ ނަސޭހަތެއް ދެއްވާފައެވެ.
މީ ކޮންއިރަކު ހިނގައިފައިވާ އެކްސިޑެންޓެއްކަމެސް ނޭނގެއެވެ. މި އެކްސިޑެންޓްގެ މައުލޫމާތު އަދި ފުލުހުން ހާމައެއް ނުކުރެއެވެ.