
މިގޮތުން "ފުލުހަކާއެކު ކޮފީއެއް" ގެ ނަމުގައި ބާއްވާ މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4:30 އިން 6:00 އަށެވެ.
ފުލުހުންގެ ހިދުމަތުން އިންތިޒާމްކޮށްގެން ބާއްވާ މި ހަރަކާތަކީ، ރައްޔިތުންނާއި ފުލުހުންނާ ދެމެދު ގުޅުން ބަދަހިކުރުމަށް ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެކެވެ. މީގެ ކުރިން މިފަދަ ހަރަކާތެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވިއިރު، ގިނަ ބައެއްގެ ބައިވެރިވުން ލިބި، ހުޅުވިގެންވާ މާހައުލެއްގައި ފުލުހުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި މިފަދަ ހަރަކާތްތަކުން ރައްޔިތުންގެ އިތުބާރު ހޯދައި، ފުލުހުންނާއި ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކުރުމަށް އެހީވެދެއެވެ. މިފަދަ ހަރަކާތްތަކަކީ މަޖުތަމައު ރައްކާތެރިކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ފުލުހުން ބުންޏެވެ.