ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ނައިބު ރައީސް ހުސެން މުހައްމަދު ލަތީފު
ނައިބް ރައީސް ސްޕެއިނަށް ވަޑައިގެންފި
ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގްވާމީ ކޮންފަރެންސް (އެފްއެފްޑީ) ގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް، މިހާރު ވަނީ ސްޕެއިނަށް ފުރާވަޑައިގެންފިއެވެ.
Advertisement

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 30 އިން ޖުލައި 3 ގެ ނިޔަލަށް ސްޕެއިންގެ ސެވިލްގައެވެ.

ރައީސް އޮފީހުން ބުނީ ނައިބް ރައީސް މި ކޮންފަރެންސްގެ އިފްތިތާހީ ދަންފަޅީގައި ބައިވެރިވެވަޑައިގެން ޕްލެނަރީ ބައްދަލުވުމުގައި ބަޔާނެއް އިއްވަވާނެ ކަމަށެވެ. އަދި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ މަސްލަހަތުވެރިންނާއެކު ބާއްވާ ސިންތާތަކުގައި މާލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާނެ ކަމަށްވެސް ވިދާޅުވިއެވެ. ހަމައެއާއެކު ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވި އުސޫލުތަކާއި މާލީ ނިޒާމުގައި ޝާމިލްކަން ކަށަވަރުކުރުމުގެ މައްޗަށްވެސް ނައިބް ރައީސް މަޝްވަރާކުރައްވާނެއެވެ.

އެފްއެފްޑީއަކީ މާލީ އިސްލާހާމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް، ސަރުކާރުތަކާއި ބައިނަލްއަގްވާމީ އަދި ސަރަހައްދީ ޖަމިއްޔާތަކާއި މާލީ އަދި ވިޔަފާރީގެ މުއައްސަސާތަކާއި ވިޔަފާރިތަކާއި މަދަނީ ޖަމާއަތްތަކާއި އދގެ ގުނަވަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސްދޭ މަންސައެކެވެ. މި ދަތުރުފުޅުގައި ނައިބް ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް