ޓީއެމްއޭއިން މިހާރު ނިންމާފައިވަނީ އަންނަ ޖުލައި އަދި އޮގަސްޓް މަހުން ފެށިގެން ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ވެސް ލިބޭ މުސާރައިގެ 20 ޕަސަންޓް ދިވެހި ރުފިޔާއިން ދޭނުމަށެވެ. ބާކީ 80 ޕަސަންޓް ޑޮލަރުން ދިނުމަށެވެ. މި ނިންމުމާ ދޭތެރޭ ހިތްހަމަނުޖެހޭ ޕައިލެޓުން ވަނީ މެނޭޖްމަންޓާ ބައްދަލުކޮށްފައެވެ. އަދި މިކަމާ ގުޅިގެން ސަރުކާރާވެސް ބައްދަލުކުރުމަށް ވަނީ ނިންމާފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭގައި 150 އަށް ވުރެ ގިނަ ޕައިލެޓުން މަސައްކަތް ކުރެއެވެ. އެންމެ ދަށް ފެންވަރުގެ ކެޕްޓަނުންނަށް މަހަކު 6,000 ޑޮލަރު ލިބޭއިރު، އެންމެ ސީނިއާ ކެޕްޓަނުންނަށް 12,000 ޑޮލަރު ލިބެއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާގެ ކުންފުނިތަކުން ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސަންޓް ބޭންކުތަކަށް މާރުކުރަން ޖެހެއެވެ.