ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިވާ ފްލެޓްތަކެއް: ފޮޓޯ ކޯޕަރޭޓް މޯލްޑިވިސް
އަލަށް ދޫކުރާ 4000 ފްލެޓް ރެޖިސްޓާކޮށްދޭނީ 25 އަހަރަށް ކުރި ދައްކައި ހަލާސްކުރުމުން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ނިންމައި އަލަށް ދޫކުރާ 4000 ފްލެޓް ރެޖިސްޓާކޮށްދޭނީ 25 އަހަރަށް ކުލި ދައްކައި ހަލާސްކުރުމުން ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުއްﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
Advertisement

މިކަން މިނިސްޓަރު ހާމަކުރެއްވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި މިހާރު ދޫކުރަން ތައްޔާރުވަމުންދާ 4000 ފްލެޓް އެގްރިމެންޓްކުރާނީ 25 އަހަރުގެ މުއްދަތަށް ކުލި ދެއްކުމުން އެތަން ރަޖިސްޓްރީކޮށްދެވޭ ގޮތަށެވެ. ކުއްޔަށް ދޫކުރާ ތަނެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައި އޮތުމުން ކުލި ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ފަސޭހަވާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ފްލެޓްތައް ލިބޭ ފަރާތްތަކާއެކު އެގްރިމެންޓްތައް ހެދުމާއި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ޖުލައި މަހު ފަށާނެކަމަށެވެ.

ފްލެޓްތައް ދޫކުރުމުގައި އެގްރިމެންޓް ކުރުމަށް ބަދަލުތަކެއް ގެނެސް، ބޭންކް މޯގޭޖް ފައިނޭންސްގެ ތެރެއިން މޯގޭޖެއްގެ ގޮތުގައި ދިނުން ނުވަތަ ކުލި ދައްކާ މުއްދަތު ނިމުމުން ވެރިފަރާތަށް ހައުސިން ޔުނިޓް މިލްކުވާގޮތަށް ބަދަލުގެނައުމަށް ސަރުކާރުން ނިންމާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެއީ ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުތަކުގައި ދޫކުރާ ހައުސިން ޔުނިޓްތަކަށް ގިނަ ބަޔަކު ކުލި ނުދައްކާ ދިރިއުޅެމުންދާތީ ހައްލު ހޯދުމަށް އަޅާ ފިޔަވަޅެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

85%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް