މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުކަމަށް މިނިސްޓްރީގެ ބުނެއެވެ.
ފީލައިން ވެލްފެއާގެ ފައުންޑަރު އަދި ރައީސް އަހުމަދު ވިޝަންގެ ބަހުން، މާލޭގެ މަގުތަކުން ގިނަ އަދަދެއްގެ ބުޅާ ގެއްލެމުންދާ މައްސަލަ ފާހަގަވީ މާޗު މަހުގެ ފަހުކޮޅުގައެވެ. އޭނާ ބުނިގޮތުގައި މާލޭގައި އެންމެ ގިނައިން ބުޅާ އުޅޭ "މެރީ ބްރައުން" ސަރަހައްދުގައި ރޯދަ މަސް ނިމުނުއިރު 80-90 ބޮޑެތި ބުޅާ އުޅުނުއިރު، މިހާރު އެތަނުގައި އުޅެނީ 15-18 އެއްހާ ބުޅާއެވެ.
އެހެންކަމުން މި މައްސަލަ ބަލައިދިނުމަށް ފުލުހަށް ރިޕޯޓުކޮށްފައިވާކަމަށް މިނިސްޓްރީގެ އޮފިޝަލް ބުންޏެވެ.