ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މީޑިއާ ކައުންސިލަށް މުޒައްޔިން، ލީވާން އަދި ވަޖުދާ ހޮވިއްޖެ - ފޮޓޯ: ހަތާވީސް
އިންތިހާބުވިތާ ހަފްތާއެއްފަހުން އެމްްެއެމްސީ މެމްބަރުންނާއި މަގާމު ހަވާލުކޮށްފި
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގައި ހުސްކޮށް އޮތް ތިން މެންބަރުންގެ މަގާމަށް އަލުން އިންތިހާބުކުރި މެމްބަރުންނާއި އެންމެ ފަހުން މަގާމު ހަވާލުކޮށްފިއެވެ.
Advertisement

މި މަހު 21 ވަނަ ދުވަހު ބޭއްވި އެމްއެމްސީގެ ބައި އިލެކްޝަން އިންތިހާބުކޮށްފައިވަނީ މީޑިއާތައް ތަމްސީލު ކުރާ ދެ މެންބަރުންނާއި އާންމުން ތަމްސީލު ކުރާ މެންބަރެކެވެ.

މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮނޑިއަށް ހޮވުނީ ދައުރު ނޫހުގެ މުހައްމަދު މުޒައްޔިން ނާޒިމް، އަދި އަދަދު ނޫހުގެ ލީވާން އަލީ ނާސިރު އެވެ. އާންމުން ތަމްސީލުކުރާ ގޮނޑިއަށް ހޮވުނީ ލ. ގަން، ތުނޑި ލިންކް، ހައްވާ ވަޖުދާ އެވެ. 

އިންތިހާބު ނިމި ނަތީޖާ އިއުލާންކުރުމުން ޖެހިގެން އަންނަ ދުވަހު އިންތިހާބުވި މެންބަރުން މަގާމާ މީގެ ކުރިން ހަވާލުވެ މަސައްކަތް ފަށައެވެ. އެހެންނަމަވެސް މި މެމްބަރުންނާއި މަގާމު ހަވާލުކޮށްފައި މިވަނީ އިންތިހާބު ބޭއްވިތާ ހަފްތާއެއް ފަހުންނެވެ. 

އެ ތިން މެމްބަރުންނާއި މަގާމު ހަވާލުނުކޮށް ޔޫތު މިނިސްޓްރީން ލަސްކުރަމުންދަނީ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ. އެ ޝަކުވާ ހުށައެޅީ އާންމުން ތަމްސީލްކުރާ ގޮނޑިއަށް ވާދަކުރި މުހައްމަދު އަމީން އަލީއެވެ. އޭނާއަށް އިންތިހާބުގައި އެންމެ ވޯޓެއްވެސް ލިބިފައެއް ނުވެއެވެ. 

އޭނާ ހުށައެޅި ޝަކުވާގައި ބުނެފައިވަނީ ރީރަޖިސްޓްރޭޝަނަށް ފަހުން ފުރުސަތު ހުޅުވައިނުލާ ވާކަމަށެވެ. އަދި އޭނާ އެ ޝަކުވާ ހުށައަޅާފައިވަނީ އިންތިހާބު ވޯޓުލުން ފެށުމުގެ 12 ގަޑިއިރެއްވަރު ކުރިން ދަންވަރު ވަގުތެއްގައިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް