މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގައި މާލޭގެ 7 އެޕާޓްމަންޓް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ މއ. ގުލްބަކާގެ / މާލެ، އަހްމަދު ޒިޔާން (48އ) އާއި ހ. ބްލޫސްކޫޕް / މާލެ، ޒުހުރާ އަބްދުއްލަތީފް (54އ) އާއި މ. ދޮއްތަޑަފިގެ / މާލެ، އިސްމާއީލް އައިކް މުހައްމަދު (19އ) އާއި ހ. ހުދުކެލާ / މާލެ، އިސްމާއީލް ރަޝީދު (53އ) އާއި މ. ރަނިކަ / މާލެ، ހަސަން ހަލީމް (42އ) އާއި މ. ރަނިކަ / މާލެ، އާޝިޔާ ހަލީމް (51އ) އާއި މއ. އައިރީ / މާލެ، އަލީ އީވާން (43އ) އާއި އެތުމާގެ / ގދ. ގައްދޫ އާއިޝަތު ނަޒުމާ (44އ) ކަމަށް އެ އިދާރާއިން ބުނެ އެވެ.
މިއަދު ހިންގި ޑްރަގް އޮޕަރޭޝަންގައި ހައްޔަރު ކުރި ބަޔެއް މީހުން
މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް އެ އިދާރާއިން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މ. ދޮއްތަޑަފިގެ / މާލެ، އިސްމާއީލް އައިކް މުހައްމަދު (19އ) 5 ދުވަހަށް އަދި ދެންތިބި 7 މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައިވެ އެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް އެ އިދާރާއިން ބުނެ އެވެ.