ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އައިޖީއެމް ހޮސްޕިޓަލް
8 މަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލައިގައި އިހުމާލު އޮތްތޯ ބަލަން ތަހުގީގެއް ފަށައިފި
އުމުރުން އެންމެ 8 މަހުގެ ތުއްތު ފިރިހެން ކުއްޖަކު އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މައްސަލައިގައި ހޮސްޕިޓަލުގެ އިހުމާލެއް އޮތްތޯ ބެލުމަށް ތަހުގީގެއް ފަށައިފިއެވެ.
Advertisement

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ކުއްޖާގެ އާއިލާއިން ބުނީ، ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ރޯގާ ޖެހިގެން ފަރުވާ ހޯދުމަށް ކަމަށާއި، ނަމަވެސް ލިބުނު ފަރުވާގެ ސަބަބުން ކުއްޖާ ހުން އައިސް ހަށިގަނޑު ފުފުނު ކަމަށެވެ. އަދި ކުއްޖާ ހޮސްޕިޓަލަށް ވެއްދިތާ ފަސް ދުވަސް ވަންދެން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު ނުބަލާ ކަމަށާއި، ލިވަރު ފެއިލްވުމުން ބޭރަށް ރިފަރ ކުރުމަށް އެދުނުއިރު އާސަންދަ ހަމަޖެހުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. އަދި ހޮސްޕިޓަލުގައި ކުއްޖާ އަށް ސީޕީއާރު ދިނުމުން ލޭ އައިސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ސީއެންމްއެން ގުޅުމުިން ޑރ. ޒޭބާ ވިދާޅުވީ މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލައެއް ކަމަށާއި އިންވެސްޓިގޭޝަން ކުރިއަށް ދާ ކަމަށެވެ. މިހާތަނަށް އައިޖީއެމްއެޗުން ރަސްމީ ބަޔާނެއް ނެރެފައި ނުވިނަމަވެސް، އެ ހޮސްޕިޓަލުން ބަޔާނެއް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ޒޭބާ ވިދާޅުވިއެވެ.

މި މަކަމާއި ގުޅުގެން ހާއްސަ މީޓިންއެއްވެސް މިއަދު ވަނީ އައިޖީއެމްއެޗްގައި ބާއްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް