
ޓެންޒޭނިއާގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހަފްލާގައި މި އެވޯޑުގެ އިތުރުން "ލީޑިން ގްރީން ޑެސްޓިނޭޝަން" އެވޯޑުވެސް ރާއްޖެއަށް ލިބުނެވެ. މިއީ "ގްރީން ޑެސްޓިނޭޝަން" އެވޯޑު ރާއްޖެއަށް ލިބޭ ދެ ވަނަ ފަހަރެވެ.
މި މުހިއްމު ދެ އެވޯޑު ހަވާލުވެލެއްވީ އެމްޓީއޭގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. މި އެވޯޑުތައް ލިބުމާ ގުޅިގެން ޝިއުރީ ވިދާޅުވީ މި އެވޯޑުތަކުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި ހާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެ އިޝްތިހާރުކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް ދޭން ފެށީ 1993 ގައެވެ. މި އެވޯޑްގެ މަގުސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ޓޫރިޒަމްގެ ސިނާއަތުގެ ހުރިހާ ދާއިރާއަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރުމެވެ. މި ޝަރަފުވެރި އެވޯޑްތައް ރާއްޖެއަށް ލިބުމަކީ ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ރާއްޖެއަށް ލިބިފައިވާ ބޮޑު ކާމިޔާބީއެކެވެ.