ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު ހުށަހަޅުއްވަނީ
ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދިނުމަށް 886 މިލިއަން ރުފިޔާ
ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ދޫކޮށްފައިވާ ފައިސާގެ އަދަދު 886 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުން ދައްކައިފި އެވެ.
Advertisement

މިއީ މި އަހަރަށް ބަޖެޓު ކޮށްފައިވާ 378 މިލިއަން ރުފިޔާއަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ. މި މަހުގެ 18 ގެ ނިޔަލަށް ބަލާއިރު ސަރުކާރުން ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި މި އަދަދު ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައި ބުނެފައިވެއެވެ.

މި ހަރަދު ކުރިނަމަވެސް އިދާރީ ހަރަދުތައް ކުޑަކުރުމުގެ ސަބަބުން ދައުލަތުގެ ބަޖެޓު މިވަނީ 1.3 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް ވަނީ އަރައިފައެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ބަޖެޓުން އިދާރީ އަދި ހިންގުމުގެ ހަރަދުތަކުގެ ގޮތުގައި 8.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.

ދައުލަތުން ތަންފީޒުކުރަމުންދާ ހަރަދު ހިފެހެއްޓުމުގެ ސިޔާސަތުތަކުގެ ސަބަބުން 12 ޖޫން 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.7 ޕަސަންޓު ދަށް އަދަދެކެވެ. އެއާއެކު، ދައުލަތަށް އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި 17.0 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.0 ޕަސަންޓު އިތުރު އަދަދެކެވެ.

ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދެއްކުމަށް 5.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާއިން އިތުރު އަދަދެކެވެ. ނަމަވެސް، އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމުގެ ހަރަދު 71.5 ޕަސަންޓުން ދަށްވެފައިވާއިރު، ދަތުރުފަތުރަށް ކުރާ ހަރަދުވެސް 17.2 ޕަސަންޓުން ދަށްވެފައިވެއެވެ. ދައުލަތުގެ ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން އައި އެދެވޭ ނަތީޖާގެ ސަބަބުން، ދަރަނި އަދާކުރުމަށް ކުރަންޖެހުނު ހަރަދު ބޮޑުވިކަމުގައިވީނަމަވެސް، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް މިވަނީ 1.3 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް