ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރުމަށް ނިންމާފައިވާ ހަންކެޑެ ތަރައްގީ ކުރާނެ ގޮތުގެ ކުރެހުމެއް - ފޮޓޯ:އެމްއެފްްއެމްސީ
ޓޫރިޒަމް ބޭނުންތަކަށް އިތުރު 31 ރަށް ހުޅުވާލަން ނިންމައިފި
ޓޫރިޒަމް ބޭނުންތަކަށް އިތުރު 31 ރަށް ހުޅުވާލަން ސަރުކާރުން ވަނީ ނިންމައިފިއެވެ.
Advertisement

ފިނޭންސް އިން މިއަދު އާންމުކުރި މައުލޫމާތުގައިވާގޮތުން، މިކަން ކުރިއަށް ގެންދިއުމަށް ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. މިއީ މިދިޔަ އޭޕްރީލްމަހު ޓޫރިޒަމްގެ ބޭނުމަށް ހއ. ކެލާ އާއި ކ. ކާށިދޫގެ ފަޅުގައި ރިސޯޓު ހެދުމަށް ހުޅުވާލުމަށްފަހު ޓޫރިޒަމް ބޭނުމަށް ހުޅުވާލެވޭ އިތުރު ރަށްތަކެވެ.

މި ނިންމުން ނިންމީ މިއަހަރު އެކުއިޒިޝަނާއި ކޮންވާޝަން ފީތަކުގެ ގޮތުގައި 35 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރު ލޭންޑް އެކުއިޒަން ކޮސްޓްގެ ގޮތުގައި ދައުލަތަށް 449 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ފާއިތުވި އަހަރު، ޓޫރިޒަމްގެ ބޭނުންތަކަށް 11 ރަށެއް ދޫކޮށްފައިވާއިރު އެއީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ތެރޭގައި 1،290 އެނދު މާކެޓަށް ނެރުމެވެ.

މިވަގުތު ރާއްޖޭގައި 180 ރިސޯޓް ހިންގަމުންދާއިރު، ޓޫރިޒަމް ބޭނުންތަކަށް އިތުރު 156 ރިސޯޓެއް ތަރައްގީކުރަމުން ގެންދާކަމަށް އެމިނިސްޓްރީން ބުންޏެވެ. އެކި ސަބަބުތަކާ ހެދި 61 ރަށެއްގައި ރިސޯޓް ތަރައްގީކުރުމުގެ މަސައްކަތް އޮތީ ހުއްޓިފައެވެ. ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތްދޭ 65 ދިވެހި ބްރޭންޑުގެ އިތުރުން އިންޓަނޭޝަނަލް 110 ބްރޭންޑުން ވެސް ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތްދޭ ކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް