ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފުލުހުން އެފްއޭއެމްގައި- ފޮޓޯ މިހާރު ފޭސްބުކް
އެފްއޭއެމް ހައުސް ބަލާ ފާސްކުރީ ޖަވާޒްގެ ހާޒިރުގައި: ފުލުހުން
ކޯޓު އަމުރެއްގެ ދަށުން، އެފްއޭއެމް ހައުސް އަދި، ގަލޮޅު ދަނޑުގައި ހުރި އެފްއޭއެމްގެ އޮފީސް ބަލާ ފާސްކުރީ އެފްއޭއެމްގެ ކުރީގެ ޖެލެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒު، އަދި އެފްއޭއެމްގެ ލޯޔަރުގެ ހާޒިރުގައި ކަމަށް ފުލުހުންގެ ފަރާތުން ބުނެފިއެވެ.
Advertisement

ކޯޓު އަމުރެއްގެ ދަށުން އެފްއޭއެމް ރެއިޑް ކުރީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭގެ ކުރިން ކުރީގެ ޕީޖީ ހުސެއިން ޝަމީމްވަނީ އެފްއޭއެމްގެ ކަންކަން ބެލުމަށް އަމުރުވެސްކޮށްފައެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ދެކޮޅަށް، އުފުލިފައިވާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގައި ހެކިބަސް ދިން ފުލުހަކުވަނީ، އެފްއޭއެމް ބަލައި ފާސްކުރީ އޭރުގެ ޖީއެސް އަދި ލޯޔަރުގެ ހާޒިރުގައި ކަމަށް ކޯޓުގައި ބުނެފައެވެ.

އެފްއޭއެމް ހައުސްއަށް ދިޔައީ ހެނދުނު ނުވައެއް ޖެހިއިރު، ކޭސް އައިއޯ ސަވާދު އެފްއޭއެމްގެ އެސްޖީ ޖަވާޒްއަށް ގުޅައިގެން ޖަވާޒްގެ ހާޒިރުގައި ސަރޗް ފެށީ. އެފްއޭއެމްގެ މުވައްޒަފެއް އަދި ލޯޔަރު ޖައުޝަންގެ ހާޒިރުގައި ކުރިއަށް ދިޔައީ. މައްސަލައާ ގުޅޭ ލިޔުންތަކާ އިލެކްޓްރޯނިކް ޑިވައިސް ނެގިން. އެ ގެންދިޔައީ ޕޮލިހަށް. އޭނގެ އިންވެންޓްރީ ނެގިން، އަދި އިންވެންޓްރީ ހަވާލު ކުރީ މުވައްޒަފާކާ އޭނގެ ދެ ދުވަސް ފަހުން. ހެކިބަސް ދިން ފުލުސް އޮފިސަރ ކޯޓުގައި ބުންޏެވެ

ޝަރީއަތުގައި ހެކިބަސް ދެމުން ފުލުސް މީހާ އިތުރަށް ބުނީ، އޭރު އެއްވެސް މީހަކު އެއްވެސް އެއްޗެއް ދޭން ދެކޮޅު ނުހަދާ ކަމަށެވެ. އަދި އެއްވެސް އެއްޗެއް ފޮރުވަން އެއްވެސް މީހަކު އޭރު މަސައްކަތް ކުރިކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ދެން ހަވާލުވާ ހިންގާ ކޮމިޓީއަކަށް ކުރިމަތިލާން ޖެހޭނީ ގޮންޖެހުން ބޮޑު ކަންތައްތަކެއް ކަމަށާއި ބައެއް ލިޔެކިޔުން ނެތްކަމަށް އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން އަހުމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް