ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސް މުއިއްޒު އާއި ސަރުކާރުގެ އިސް ބޭފުޅުން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ބައްލަވާލައްވަނީ - ފޮޓޯ/ރައީސް އޮފީސް
ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށް ހަތަރު ބޭފުޅަކު އައްޔަނުކޮށްފި
ޑިވަލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ބޯޑަށް ހަތަރު ބޭފުޅަކު އައްޔަންކޮށްފި އެވެ.
Advertisement

ޕްރަވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރަވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޑީބީއެމްގެ ބޯޑުގެ މެމްބަރުގެ ގޮތުގައި ހަތަރު ބޭފުޅަކު އިއްޔެ އައްޔަން ކޮށްފައިވާ ކަމަށެވެ.

ޑީބީއެމްގެ ބޯޑަށް އައްޔަންކުރެއްވި ބޭފުޅުންނަކީ؛

1. ހަސަން މިރާސް، މއ. މާފުނަ، މާލެ

2. އަހްމަދު އަޒްޔާން ހަމީދު، މ. ލަންސީމޫގެ، މާލެ

3. މައީޝާ އިބްރާހިމް، ތިކުރީތު، ދ. ކުޑަހުވަދޫ

4. އަޒްމީން ރަޝީދު، ޗަބޭލީވިލާ، ގދ. ރަތަފަންދޫ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގަ އެވެ.

ޑީބީއެމްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯއަކަށް އިނގިރޭސި ވިލާތުގެ ބޭފުޅެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް އެ ބޭންކް އިފްތިތާހުކުރުމާ އެކު އައްޔަންކުރި އެވެ. ނަމަވެސް މިދިޔަ މާޗު މަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވި ގޮތުގައި ބޭންކުގެ ހިދުމަތް ދޭން ފަށަން ރާވާފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރަމުން ދަނީ އެތަނުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށް ސައީދު ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް