ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހަނިމާދޫ އެއާޕޯޓްގެ ޓާމިނަލް
ހަނިމާދޫ އެއާޕޯޓުގައިވެސް އޭރޯ ބްރިޖު، ސެޕްޓެމްބަރަށް ނިމެނޭ
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް މިހާރު ކުރިޔަށްދާ ގޮތުން އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑޜ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
Advertisement
ދެ ބިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ. 

މިނިސްޓަރު މުއްތަލިބި މިއަދުި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހަނިމާދޫ އެއާޕޯތްގެ މަސައްކަތް މިހާރު ނިމިފައިވާ ބައެއް ތަންތަނުގެ ފޮޓޯތައް ހިއްސާކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތުގެ 88 އިންސައްތަ މިހާރު ނިމިފައިވާއިރު އެއާޕޯޓުގައި ކުރަންޖެހޭ ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކެތެއްވެސް މިހާރު ނިމިފައިވާކަމަށެވެ. 

your imageހަނިމާދޫ އެއާޕޯޓްގެ ޓަވަރު 

މީގެއިތުރުން ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު ޓާމިނަލްގެ މަސައްކަތުގެ 83 އިންސައްތަ އަދި ކާގޯ އިމާރާތާއި ބޯޓްތައް ބާއްވާ ހޭންގަރާއި ޓްރަފިކް ކޮންޓްރޯލް ޓަވަރުގެ 96 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ. މިހާރު މަސައްކަތްދާ ގޮތުން ކަނޑައެޅިފައިވާގޮތަށް އަންނަ ސެޕްޓެމްބަރު މަހަށް މުޅި އެއާޕޯޓްގެ މަސައްކަތް ނިމެނޭކަން މިނިސްޓަރު މުއްތަލިބު ފާހަގަކުރެއްވިއެވެ. 

your imageހަނިމާދޫ އެއާޕޯޓްގައި ފިއުލް ރައްކާކުރާ ބައި 

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މި މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެވޭނެ އެވެ. ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ. އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށް ހަދާފައިވާ އެ އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް