ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ދި‎ވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ‎ބައިވެރިވެވަޑައިގެންފި
ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް 3 އެއްބަސްވުމެއްގައި
ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މިއަދު ސިންގަޕޫރުގައި ބޭއްވުނު ދިވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި 3 އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.
Advertisement

މި ފޯރަމަކީ ދެ ގައުމުގެ ދެމެދު އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރަން އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ދިވެހި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަޖުރިބާ ދަތުރުތަކާއި ތަމްރީނު ޕްރޮގްރާމްތަކާއި ކޮންސަލްޓެންސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި ސިންގަޕޯ ކޯޕަރޭޝަން އެންޓަރޕްރައިޒް އާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ އިތުރުން، ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމެއްގައި ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާސްއާ ދެމެދު ވަނީ ސޮއިކުރެވިފައެވެ. އަދި ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާގުޅޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވެއެވެ.

މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ވިޔަފާރީގެ ގުޅުމުގެ ތެރެއިން ހާސިލުކުރެވުނު ކުރިއެރުންތަކުން ފާހަގަކޮށްލެވޭ އެހީތެރިކަމެއް ވެދެއްވާފައިވާ ދިވެހިންނަށާއި ސިންގަޕޫރުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އިނާމު ދެއްވިއެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދިއުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ރޭވިފައިވާ ސާފު ހަކަތައާއި މަތީ ފަންތީގެ ޓޫރިޒަމްއާއި އުމްރާނީ ތަރައްގީ އަދި ޑިޖިޓަލް އިގުތިސާދުގެ ދާއިރާތަކުން ހުރި މުހިންމު އިންވެސްޓްމަންޓް ފުރުސަތުތައް މި ފޯރަމްގެ މުހިންމު ބައެއްގޮތުގައި އާންމުކުރެއްވިއެވެ. 

އެއްބަސްވުންތަކުގެ ސަބަބުން ހާއްސަކޮށް 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ނިސްބަތުން 30 ޕަސަންޓު އިއާދަކުރަނިވި ހަކަތަޔަށް ބަދަލުކުރުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް