ads
މިރުސް--
ކަނޑޫދޫ މިރުހުގެ އަގު އުފުލިއްޖެ
ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 1000 ރުފިޔާއަށް ވުރެ މައްޗަށް އަރައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ގެނެސްފައިވާ ލޮކްޑައުނާއެކު ލޯކަލް މާރުކޭޓް ބަންދުކޮށްފައިވީ ނަމަވެސް ދަނޑުވެރިން އަންނަނީ މިރުސް މާލެ ގެނެސްގެން މާލެ ތެރޭގެ ވިޔަފާރިވެރިންނަށް ވިއްކަމުންނެވެ. 

އެގޮތުން 850 ރުފިޔާ އާއި 1500 ރުފިޔާއާ ދެމެދުގެ އަދަދަކަށް ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު އުޅޭއިރު މިރުހުގެ އަގު އުފުލިފައި މިވަނީ މިރުސް ލިބުމުގައި ދަތިތައް ކުރިމަތިވުމުންނެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ކަނޑޫދޫ މިރުސް ލިބުމުގައި ގިނަ ދަތިތަކެއް ކުރިމަތިވީ ހޫނު މޫސުމާއި ގުޅިގެން އެރަށުގެ ދަނޑުތައް ހަލާކުވުމުންނެވެ.

އޭގެ އިތުރުން ނަވާޒު ވިދާޅުވި ގޮތުގައި ބައެއް ދަނޑުތަކުގައި މިރުސް ހުރި ނަމަވެސް އެތަކެތި މާލެއަށް ފޮނުވޭނެ ރަނގަޅު އިންތިޒާމެއް މިދުވަސްވަރު ނެތެވެ. އެކަމަކު މާލެއަށް މުދާ ބަލާ އަންނަ ބޯޓުން ދަނޑުވެެރިން ހައްދާ މިރުސްތައް އަންނަނީ މާލެއަށް ފޮނުވަމުންނެވެ. 

ދަނޑުތަކަށް ލިބުނު ގެއްލުމާއެކު މި ރޯދަ މަހު މިރުސް ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާއިރު ދަނޑުވެރިކަމުގައި ނަން މަޝްހޫރު ތޮއްޑޫ އާއި ކާށިދޫގެ ދަނޑުވެރިން ބުނާ ގޮތުގައި ވެސް މިފަހަރު މިރުސް ހެއްދުން މިންވަރު އެހެން އަހަރުތަކާ އަޅާ ބަލާއިރު މަދެވެ. 

މިހެންވެ މިރުސް ލިބުމުގައި ދަތިތައް ކުރިމަތިވެ އެއް ބަޔަކު ދަނީ ކެއުމުގައި ހިކި މިރުސް ވެސް ބޭނުންކުރަމުންނެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް