ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އުމުރުން ދުވަސްވީ މީހާގެ ގައިގައި ސައިކަލުން ޖެހި އެމީހާ މަގުމައްޗަށް ވެއްޓިފައި
ބާރަށްދިޔަ ސައިކަލުން ޖެހި 74 އަހަރުގެ މީހެއްގެ ގައިގައި ޖެހިއްޖެ
އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިނގި ނުރައްކާތެރު އެކްސިޑެންޓެއްގައި 74 އަހަރުގެ މީހެއްގެ ގައިގައި ސައިކަލަކުން ޖެހިއްޖެއެވެ.
Advertisement

މިރޭ 19:24 ހިނގި މި އެކްސިޑެންޓްގެ މަންޒަރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ، 

އެ ވީޑިއޯއިން ފެންނަ ގޮތުން އުމުރުން ދުވަސްވީ މީހަކު މަގު ހުރަސްކުރާ ތަނުން މަގު ހުރަސްކުރަމުން ދަނިކޮށް ފެނެއެވެ. އެވަގުތު އެމަގުން ބާރު ސްޕީޑުގައި އަންނަ ސައިކަލެއް އެމިހާގެ ގައިގައި ޖެހި އެމީހާ މަގުމައްޗަށް ވެއްޓެއެވެ. އަދި ސައިކަލްގައި އިންނަ މީހާވެސް ތަންކޮޅެއް ދުރަށް ސައިކަލާއި އެކު ވެއްޓޭތަން ފެނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި މަގު ހުރަސްކުރި މީހާއާއި ސައިކަލްގައި އިން މީހާއަށް ލިބުނު ޒަހަމްތަކަށް ފަރުވާދިނުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ދެ މީހުންނަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް