މިއީ އެގްރިކަލްޗަ މިނިސްޓްރީ އާއި އިފާޑް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް މެޕް) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެވެ.
ގްރީން ހައުސްތައް ގާއިމުކޮށް ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް އަހުލުވެރި ކުރުމުގެ އިތުރުން، ދަނޑުވެރިކަމުގައި ކުރިއަރައި ދިއުމަށް ބޭނުންވާ ތަފާތު ތަމްރީންތައްވެސް ދަނޑުވެރިނަށް މެޕްއިން އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން 224 އަށްވުރެއް ގިނަ ދަނޑުވެރިންނަށް ވަނީ ގްރީންހައުސްތަކުގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަމްރީންތައް ދީފަ އެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވެލޮޕްމަންޓް (އިފާޑް) އާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.