ads
މިނިސްޓަރ އަމީން
އަމާޒަކީ ދެ އަހަރު ތެރޭގައި އައިލެންޑް އޭވިއޭޝަނުން ފައިދާވުން: އަމީން
އަމާޒަކީ ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުންކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
Advertisement

ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުމަކީ އަމާޒެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ މޯލްޑިވިއަންގެ އާ އިންޖިނިއަރިން ސަރވިސް ބިލްޑިންގ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، މިއީ މޯލްޑިވިއަންގެ ހަޔާތުގައި ވަރަށް ތާރީހީ ދުވަހެއްކަމަށެވެ. ރާއްޖެއަށް އަންނަ ގިނަ އެއަރލައިންތަކެއްގެ މެއިންޓަނަންސްގެ ހިދުމަތް މޯލްޑިވިއަނުން ދެމުންދާއިރު މި ސަރވިސް ފެސިލިޓީއާއެކު މިކަމަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އުންމީދަކީ ކުރިއަށްއޮތް 1 އަހަރު ނުވަތަ 2 އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަކީ ވަރަށް ބާރަށް ކުރިއަށްގެންގޮސް އަމިއްލަ ކެޕޭސިޓީއާއެކީގައި ކުރިއަށްދެވޭނެ ކުންފުންޏަކަށް ބަދަލުވެގެންދިއުން. މިގޮތައް ބަދަލުވެގެން ދިޔައީމަ ސްޓާފުންނަށްވެސް ރަނގަޅު ވެގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުން މިހާރު ކުރަމުންދަނީ މޯލްޑިވިއަންއަކީ ގައުމީ އެއަރލައިނަށް ވުމާއިއެކު ގައުމީ އެއަރލައިންގެ މަގާމަށް އެއަރލައިން ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިފަދަ މެއިންޓަނަންސް ފެސިލިޓީއެއް ހުޅުވިގެން ދިއުމަކީ މޯލްޑިވިއަންގެ މެއިންޓަނަންސާއި އަދި ކުރަމުންދާ ހަރަދުތަކަށްވެސް ލުއިތަކެއް ލިބިގެންދާނެކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް