ads
ވަޒީރު އާދަމް ޝަރީފް އުމަރު
ކައުންސިލް އިންކުއަރީ ރިޕޯޓްތައް ދެން އާންމުކުރާނެ
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓްތައް އާންމު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
Advertisement

އެލްޖީއޭއިން އިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓްތައް އާންމު ކުރާ ގޮތަށް ހަމަޖައްސާފައިވާ ހާމަ ކުރެއްވީ، ސޯޝަލް މީޑިއާގައި، ކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ގުޅޭ ވަޒީރު އާދަމް ޝަރީފް އުމަރު އެވެ. 

ވަޒީރު ވިދާޅުވީ، އެ ގޮތަށް މައިގަނޑު މަގުސަދަކީ،  އެލްޖީއޭގެ ހާމަކަން އިތުރުކުރުމާއި، ކައުންސިލްތަކުން ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރު ކުރެއްވުން ކަމަށެވެ.

މި ނިންމުން ނިންމާފައިވަނީ، ކައުންސިލްތަކާ ގުޅޭގޮތުން މީގެ ކުރިން ތައްޔާރުކޮށްފައިވާ ރިޕޯޓުތަކުން ފާހަގަކުރެވިފައިވާ ގިނަ މައްސަލަތަކަކަށް ރިއާޔަތްކޮށެވެ. 

މި މައްސަލަތަކުގެ ތެރޭގައި ކައުންސިލްތަކަށް އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުމާއި، އަތޮޅު ކައުންސިލާއި ދައުލަތުގެ އެހެނިހެން އިދާރާތަކުން މަޢުލޫމާތަށް އެދި ފޮނުވާ ލިޔެކިޔުންތަކަށް އަޅާނުލައި ދޫކޮށްލުން ފަދަ ކަންކަން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް