މި ހާދިސާ ހިނގާފައިވަނީ 18 އަހަރު ނުވާ ދެ ފިރިހެން ކުދިން ވަރަށް ބާރަށް ސައިކަލު ދުއްވަމުން ދަނިކޮށް، ކަސްރަތަށް ހިނގަން ގޮސް އުޅުނު ބައެއްގެ ގައިގައި ޖެހިގެންނެވެ. މި ދެކުދިން ދުއްވި ސައިކަލް ޖެހިފައިވަނީ 49 އަހަރުގެ މީހެއްގެ ގައިގައެވެ. އެއީ އެ ރަށު ސްކޫލްގެ ޓީޗަރަކެވެ.
އެކްސިޑެންޓްގައި އަނިޔާވި ފަރާތްތަކަށް ފުރަތަމަ ފަރުވާ ދިނީ އުނގޫފާރު އަތޮޅު ހޮސްޕިޓަލުގަ އެވެ. އޭގެފަހުން އިތުރު ފަރުވާއަށް މާލެ ގެނެވުނު ދެ ކުދިންނާއި ޓީޗަރަށް ފުރަތަމަ ފަރުވާ ދެވުނީ ވެންޓިލޭޓަރުގަ އެވެ.
މި އެކްސިޑެންޓްގައި އަނިޔާވި ދެ ފިރިހެން ކުދިންނަކީ އުމުރުން 14 އަހަރާއި 16 އަހަރުގެ ކުއްޖެކެވެ.
ހާދިސާގައި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.