ads
އީ ސްޕޯޓްސް މުބާރާތް
އުރީދޫ ނޭޝަން އިން ބޭއްވި ފުރަތަމަ އިންޓަ ކޮލެޖް އީސްޕޯޓްސް ޗެމްޕިއަންޝިޕް ނިމިއްޖެ
އުރީދޫ ނޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ އިންޓަ ކޮލެޖް އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާ އެކު ނިމިއްޖެއެވެ.
Advertisement

 މި މުބާރާތުގައި އީއޭއެފްސީ، ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ހިމެނޭ ގޮތަށް ތިން ކެޓަގަރީއެއްގައި ކުޅުންތެރިން ވާދަކުރިއެވެ.

އީއޭއެފްސީ މުބާރާތުގައި ޖުމްލަ 15 ގޭމަރުން ވާދަކުރި އިރު، ވިލާ ކޮލެޖުގެ ޔޫސުފް ޗެމްޕިއަންކަން ހޯދައިފިއެވެ. ޕަބްޖީ މޮބައިލް މުބާރާތުގައި ހަ ޓީމު ވާދަކުރި އިރު އެމްއެންޔޫބީއެސް ޓީމް ޗެމްޕިއަންކަން ހޯދައިފިއެވެ. އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް މުބާރާތުގައި ފަސް ޓީމު ވާދަކުރި އިރު އެމްއެންޔޫ ޓީމް ޗެމްޕިއަންކަން ހޯދައިފިއެވެ.

މި ޗެމްޕިއަންޝިޕްގެ ކޮންމެ މުބާރާތެއްގެ އެއް ވަނަ ޓީމަށް 5,000 ރުފިޔާ، އެއް ވަނަ ރަނަރަޕްއަށް 3,000 ރުފިޔާ އަދި ދެ ވަނަ ރަނަރަޕްއަށް 2,000 ރުފިޔާގެ އިނާމު އުރީދޫ ނޭޝަންއިން ހުށަހެޅިއެވެ. އުރީދޫ ނޭޝަންއިން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގައި އީސްޕޯޓްސްއަށް ޝައުގުވެރިވާ ފަރާތްތަކުގެ ހުނަރު ތަރައްގީކޮށް، ވާދަވެރި މާހައުލެއްގައި ގޭމިން ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމާއި، ދަރިވަރުންގެ މެދުގައި ޓީމްވޯކު އިތުރުކޮށް ގުޅުން ބަދަހިކުރުން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް