ads
ސިފައިންނާއި ފުލުހުން އޮޕަރޭޝަނެއްގައި
ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް 1200 އަށްވުރެ ގިނަ ހުށަހެޅުން
ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގައި ބައިވެރިވުމަށް މުޅި ޖުމުލަ 1244 ޒުވާނުން ކުރިމަތިލާފައި ވާކަމަށާއި ސިއްހީގޮތުން ކުޅަދާނަކަން ހުރި ހުރިހާ ބައިވެރިންނަށް ވެސް ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުސަތު ދޭނެކަމަށް މިއަދު ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލި ފުރަތަމަ ބުރުގައި ބައިވެރިވާން އެދި 1،244 މީހަކު ހުށަހަޅާފައިވާ ކަމަށެވެ.

މިހާރު ކުރިމަތިލާފައިވާ ޒުވާނުން ޕްރޮގްރާމަށް ނަގާނީ ފޯމު ހުށަހަޅާފައިވާ ތަރުތީބުން ކަމަށާއި ފުރަތަމަ ބުރުގެ ހުރިހާ ބައިވެރިންގެ ތަމްރީނުތައް ނިމުނުހާ އަވަހަކަށް ދެވަނަ ބުރު އިއުލާންކުރަން ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ޒުވާނަކަށް، އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭން ވަނީ ނިންމާފަ އެވެ. ސަރުކާރުގެ ވިސްނުން ހުރީ ޕްރޮގްރާމް ފަށާއިރު 6،000ރ. ގެ އެލަވަންސެއް ދިނުމެވެ.

މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނު ކުރުން ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް