ads
ޕޮލިސް މައި އޮފީސް
ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވެއްޖެ، މައްސަލަ ބަލަނީ
ށ. މިލަންދޫ ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
Advertisement

ފުލުހުން މިރޭ ބުނިގޮތުގައި އެ ފުލުހުންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް އެ ފުލުހުން މާލެ ގެނެސްފައިވާ ކަމަށް ވެސް ބުންޏެވެ.

އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު މި މައްސަލައިގައި ހިމެނޭ ފުލުހުންގެ އަދަދާއި އެހެން އެއްވެސް މައުލޫމާތެއް ފުލުހުން ނުބުނެ އެވެ. 

އެނގިފައިވާ ގޮތުގައި މި ފައިސާ އެ ފުލުހުންގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ ފުލުހުންގެ ކެއުމުގެ ކަންކަން އިންތިޒާމުކުރާ ފަރާތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް