ޕީސީބީން ބުނީ ޝާމް އައްޔަނުކުރީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި ޗެއާޕާސަންގެ މަގާމަށް ކަމަށެވެ. މިގޮތުން ފެނަކައިން ވެސް ވަނީ ސޯޝަލް މީޑިއާގެ އޮފިޝަލް ހޭންޑަލްއިން އެ ކުންފުންޏާ އަލަށް ގުޅުނު ޝާމްއަށް މަރުހަބާ ކިޔާފަ އެވެ.
މީގެ ކުރިން ވެސް ފެނަކައިގެ ބޯޑު މެންބަރުކަން ކުރައްވާފައިވާ ޝާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވާފަ އެވެ.
ޝާމަކީ ވޯލްޑް ބޭންކް ގްރޫޕްގެ ރާއްޖޭގެ އަލްޓަނޭޓް ގަވަރުނަރެވެ. އަދި ޝާމްވަނީ 2016 އިން 2018 އަށް ފެނަކަގެ ބޯޑުގައިވެސް މަސައްކަތް ކުރަައްވާފަ އެވެ.
ފެނަކައިގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް އެވެ. އޭނާ އެ މަގާމުން ވަކިވިކަން ވެސް އެންގީ މިއަދު އެވެ.