މިއީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހު، އައްޑު އަތޮޅު ފޭދޫ ގެއެއްގެ ގޯތިތެރޭގައި ހައްދާފައި ހުރި ނިރަކުން، ކެޔޮގަނޑެއް ކަނޑާލި މައްސަލައެވެ. މި މައްސަލައިގައި އައްޑޫ މީހެއްގެ މައްޗަށް ދައުލަތުން އުފުލީ، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ފޯރުވުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ ޝަރީއަތުގައި ދައުވާ ލިބުނު ފަރާތުންވަނީ، އޭނާ ކުރި ކުށަށް އިއުތިރާފުވެ ދައުލަތާއެކު އެއްބަސްވުމެއް ހަދާފައެވެ. ދައުލަތާއެކު ހެދި އެއްބަސްވުމާއެކު އޭނާގެ އަދަބު ލުއި ކުރަން ކޯޓުން ނިންމިއެވެ.
މި މައްސަލައިގައި އެ މީހާގެ މައްޗަށް އިއްވި ހުކުމަކީ، 94 ގަޑިއިރު، މުޖުތަމައަށް ހިދުމަތް ކުރުމުގެ ހުކުމެވެ.