ads
ސްޓެލްކޯއިން ހަރުކުރަމުން އަންނަ ސްމާޓް މީޓަރުތައް.
ސެޕްޓެމްބަރަށް ހުރިހާ ގެއެއްގައި ސްމާޓް މީޓަރު ހަރުކޮށް ނިމޭނެ: ފަހުމީ
ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކޮށް ނިމެނޭނެކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
Advertisement

ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯއިން ކަސްޓަމަރުންނަށް ޒަމާނީ ހިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކުރެވި، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތައާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ފަހުމީ ވިދާޅުވިއެވެ. 

ފަހުމީ ވިދާޅުވީ އަންނަ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ސްޓެލްކޯގެ ހިދުމަތް ހޯދާ ހުރިހާ ތަނެއް ސްމާޓު މީޓަރަށް ބަދަލުކޮށް ނިމޭނެކަމަށެވެ.

" މާތްﷲގެ އިރާދަފުޅާއެކު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ. ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މަޢުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވެސް ފެންނަމުންދާނެ" ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

your image

ފަހުމީ ވިދާޅުވީ ސްމާޓް މީޓަރު ހަރުކުރުމުން ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިގްތިސާދުކުރުމަށް ހާއްސަ ސަމާލުކަމެއް ދެވި، ކަރަންޓަށް ކުރާ މާލީ ހަރަދު ކުޑަކުރެވިގެން ދިއުންކަމަށެވެ. އަދި އެއް ފަހަރާ ގިނަ ބިލްތައްވެސް ދައްކާލެވޭނެކަމަށް ފަހުމީ ވިދާޅުވިއެވެ. 

" މީގެ އިތުރުން، އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ. އަދި ސްޓެލްކޯ ކެއާ މެދުވެރިކޮށް، ކަސްޓަމާ ސާވިސް މުވައްޒަފުންނާ މުއާމަލާތުކުރުމުގެ ފުރުސަތު ވެސް މި ސްމާޓް އެޕްލިކޭޝަނުން ލިބިގެންދާނެ." ފަހުމީ ވިދާޅުވިއެވެ.

 

ތަރައްގީގެ އެންމެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކުންފުންޏާމެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ފަސޭހަތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ހިދުމަތެއް ދެމުން ގެންދިއުމަކީ ސްޓެލްކޯގެ އެންމެ މުހިންމު އަމާޒުކަމަށް ފަހުމީ ވިދާޅުވިއެވެ. މި އަމާޒަށް ވާސިލުވުމުގައި ސަރުކާރާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމާއި، ހަރުދަނާ އިރުޝާދުތަކަށް ޝުކުރު  އަދާކުރާކަމަށްވެސް ފަހުމީ އެކްސްގައި ކުރެއްވީ ޕޯސްޓްގައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް